ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސިފައިންގެ މީހަކު ތުރު ތިލަފަޅު ދައްކާލަނީ: ފޮޓޯ ދަ ޕްރެސް
އުތުރުތިލަފަޅުގައި ޖަލާއި ހޯޕް އައިލެންޑް އެޅަން ޔޫނިއަނުން ދެކޮޅު
އުތުރުތިލަފަޅުގައި ކުށްކުރާ ކުދިން ރިހެބިލިޓޭޓު ކުރުމަށް ހަދާ ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު ހަދަން ދެކޮޅު ކަމަށް އުތުރުތިލަފަޅު ޔޫނިއަނުން މިއަދު ބުނެފިއެވެ.
Advertisement

އެތަނުން ދޭންވާނީ ހަމައެކަނި ގޯތި ކަމަށްވެސް އެ ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ.

އުތުރުތިލަފަޅު ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، 300 އެއްހާ ކުދިން ރިހެބިލިޓޭޓު ކުރުމަށް 19,000 އާއިލާގެ އުންމީދު ގެއްލުވާލައިގެން ނުވާނެ ކަމަށެވެ. މީގެ އިތުރުން އުތުރުތިލަފަޅުން ގޯތި ނުދީ އެހެން ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ޔޫނިއަނުން ފާހަގަކޮށްފައިވެއެވެ.

your imageއުތުރު ތިލަފަޅު ޔޫނިއަން

އުތުރުތިލަފަޅުގައި ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު ހަދާ، އެއާއެކު މީހުން ދިރިއުޅުމަށް ގޯތި ދިނުމަށް ކުރަން ޖެހޭ ހަރަދު މާބޮޑުވާނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ދުނިޔޭގައި މީހުން ރިހެބިލިޓޭޓު ކުރުމަށް މަސައްކަތްކުރާ އުސޫލު ބަދަލުވެފައިވާއިރު، އެކަން ކުރަން ޖެހޭނީ ރަށްރަށް ހަދައިގެން އެކަހެރި ކޮށްގެން ނޫން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އެކަން ކުރަން ޖެހޭނީ މުޖުތަމައު އިންޓަގްރޭޓެޑް ކޮށްގެން ކަން އަލީ ހުސައިން ފާހަގަކުރެއްވިއެވެ. އުތުރުތިލަފަޅާ ގުޅުވައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރާ މަޝްވަރާ ކުރާނެ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް