ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސްޕެއިންގެ ރަސްގެފާނު ފިލިޕް އާއި ރާނީ ލެޓީޒިއާ ދެއްވި ފަރިއްކޮޅެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުން
ސްޕެއިންގެ ރަސްގެފާނު ދެއްވި ފަރިއްކޮޅުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި
ސްޕެއިންގެ ރަސްގެފާނު ފިލިޕް (6 ވަަނަ)އާއި ރާނީ ލެޓީޒިއާ ދެއްވި ފަރިއްކޮޅެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންފި އެވެ.
Advertisement

ރެއާލް އަލްކަޒާ ޑި ސެވިއްޔާގައި ބޭއްވި މި ފަރިއްކޮޅަކީ، ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ، ހަތަރު ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ4) ގެ ބައިވެރިންގެ ޝަރަފުގައި ދެއްވި ފަރީއްކޮޅެކެވެ.

މި ހިނގާ ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފްއެފްޑީ4 ގައި ބައިވެރިވަޑައިގަތުމަށް ނައިބު ރައީސް މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގަ އެވެ.

ނައިބު ރައީސް މިކޮންފަރެންސްގެ އިފްތިތާހީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލިނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށް ވަނީ ތާވަލުކުރެވިފަ އެވެ. މީގެ އިތުރުން، މަސްލަހަތުވެރިންނާއެކު ބާއްވާ ސިންތާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް