ގައުމީ އެއާލައިނުން އެގޮތަށް އަމަލު ކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.
މި ހިދުމަތް މެދުކަނޑާލި ސަބަބެއް މޯލްޑިވިއަނުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ އޮފީހުން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތައް މިހާރެކޭވެސް އެއްފަދައިން ލިބޭނެކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފަ އެވެ.
މޯލްޑިވިއަންގެ ޓިކެޓް، ވެބްސައިޓުންނާއި އެޕްލިކޭޝަން މެދުވެރިކޮށް އަދި ވައިބާ އާއި އީމެއިލް އާއި ކޯލް ސެންޓަރު މެދުވެރިކޮށް ނެގެ އެވެ.
މޯލްޑިވިއަން އިން އެންމެ ފުޅާ ދާއިރާއެއްގައި ހިންގަނީ ޑޮމެސްޓިކް ދަތުރުތަކެވެ. އެ އެއާލައިނުން އަތޮޅު ތެރޭގެ 17 މަންޒިލަކަށް ދަތުރުތައް ކުރެ އެވެ.