އިސްލާމިކް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު 1443 ފަރާތަކުން އަންނަނީ ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންކަން ހިސާބުތަކުން ދައްކައެވެ.
މިވަގުތު ގުރުއާން ހިތުދަސްކުރާ ފަރާތްތައް
މިނިސްޓްރީން އާއްމުރި ހިސާބުތައް ދައްކާގޮތުން ގުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކުގެ ދަފްތަރުގައި 20 ތަނެއް އަންނަނީ ހިންގަމުންނެވެ. މީގެތެރެއިން އެންމެ ގިނަ ފަރާތްތަކުން ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މާލޭގައި ހުންނަ ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގައެވެ. އެ މަރުކަޒުގައި މިވަގުތުވެސް 424 ފަރާތަކުން އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ. އެއީ 236 އަންހެނުންނާއި 188 ފިރިހެނުންނެވެ.
ގުރުއާން ހިތުދަސްކުރަމުން އަންނަ ކުދިން ދެން އެންމެ ގިނަ ފަސް މަރުކަޒު
ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް މިހާރަށްވުރެ ދެ ގުނަ ބޮޑުކޮށް، އެ އަދަދު މާދަމާއިން ފެށިގެން ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވާފައެވެ. މި ބަދަލާއި އެކު ހާފިޒުންނަށް މިހާރު ލިބެމުން އަންނަ 2،000 ރުފިޔާގެ އިނާޔަތުގެ ބަދަލުގައި ދެން ލިބޭނީ މަހަކު 4،000 ރުފިޔާއެވެ.