ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސިންގަޕޫރުގެ އެންވަޔަރަމެންޓް މިނިސްޓަރު ގްރޭސް ފޫ
ރާއްޖޭގައި އިންވެސްޓްކުރުމަށް ސިންގަޕޫރުގެ އެންވަޔަރަމެންޓް މިނިސްޓަރު ގޮވާލައިފި
ސިންގަޕޫރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ސިންގަޕޫރުގެ އެންވަޔަރަމެންޓް މިނިސްޓަރު ގްރޭސް ފޫ ހައި ޔެއިން ގޮވާލައްވައިފިއެވެ.
Advertisement

މިގޮތަށް އޭނާ ގޮވާލެއްވީ ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ގްރޭސް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ 50 ވިޔަފާރިއެއް ސިންގަޕޫރުގައި ގާއިމުކޮށްފައިވާ ކަމަށާއި، ސިންގަޕޫރަކީ އާބަން ޕްލޭނިންގްއާއި އިންފްރާސްޓްރަކްޓާ ޑެވެލޮޕްމެންޓް އަދި ޑިޖިޓަލް ސާވިސްތަކުން ރާއްޖެއަށް ފައިދާ ހޯދައިދެވޭނެ ގައުމެއް ކަމަށެވެ. އޭގެއިތުރުން ދެ ގައުމަކީވެސް މޫސުމަށް އަންނަ ބަދަލުތަކަށް ނާޒުކު، މަދު ގުދުރަތީ ވަސީލަތްތަކެއް ލިބިފައިވާ، ވަރަށް ބޮޑަށް ބޭރު ގައުމުތަކުން ގެންނަ ކާބޯތަކެއްޗަށް ބަރޯސާވެފައިވާ ގައުމުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިންގަޕޫރާއި ރާއްޖެއަކީ ވެސް އެއް ގައުމު އަނެއް ގައުމަކަށް ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުންދޭ އެކުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަކަށް ލިބިގެންދާ ގެއްލުމާއި ބެހޭގޮތުން ވަކާލާތު ކުރާ ގައުމުތަކެއް ކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސިންގަޕޫރުން ވަނީ ލޯ ކާބަން ޓްރާންސިޝަން ކުންފުނިތަކަށް ސަރުކާރުގެ އެހީ ފޯރުކޮށްދީ، ދެމެހެއްޓެނިވި ގުދުރަތީ ހިމާޔަތްތެރިކަމަށް ދެގައުމުގެ ދެމެދުގައި ހިޔާލު ބަދަލު ކުރާނެކަމަށް އެމްއޯޔޫއެއްްގައި ސޮއިކޮށްފައެވެ. ކުރިއަށް އޮތް 50 އަހަރުގައި އިތުރަށް ދެގައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުން ވަރުގަދަކުރާނެކަމަށްވެސް އެ މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް