ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޓޯކުރަން ގެންދާ ވެހިކަލްތަކެއް:
18 ދުވަހުގެ ތެރޭގައި 422 އުޅަނދު ޓޯކޮށްފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުން 18 ދުވަހުގެ ތެރޭގައި ޖުމްލަ 381 ސައިކަލާއި 41 ކާރު ޖުމްލަ 422 އުޅަނދު ޓޯކޮށްފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
Advertisement

 މިއީ ގަވާއިދާ ހިލާފަށް އެ މަގުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މަޖީދީ މަގުން ޓޯކޮށްފައިވަނީ 216 ސައިކަލާއި 2 ކާރެވެ. އަދި ބޮޑުތަކުރުފާނު މަގުން ޓޯކޮށްފައިވަނީ 164 ސައިކަލާއި 38 ކާރެވެ. އަދި ތަކުރާރުކޮށް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އިތުރު އެއް ސައިކަލާއި އެއް ކާރު ވެސް ޓޯކޮށްފައިވެއެވެ. މަޖީދީ މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރާނެކަން ފުލުހުން ހާމަކުރީ މިދިޔަ މަހު 12 ވަނަ ދުވަހުއެވެ. އަދި ޖޫން 19 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުން ވެސް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރާނެކަން އިއުލާންކޮށްފައިވެއެވެ.

ވެރިކަންކުރާ މާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހެދި ދިރާސާއަކުން ދައްކާގޮތުން، މާލޭ ސަރަހައްދުގައި ރެޖިސްޓްރީކޮށްގެން ދުއްވޭނެކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އުޅަނދު މާލޭ ސިޓީގައި މިހާރު ވެސް ދުއްވަމުން އަންނަކަމަށް ފާހަގަކޮށްފައިވެއެވެ. އެ ދިރާސާގައި ވަނީ ސައިކަލުގެ އަދަދު 76،518 އަށް، އަދި ކާރުގެ އަދަދު 5،610 އަށް މަދުކުރުމަށް ލަފާދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް