
މިއީ 783 އަންހެނުންނާއި 651 ފިރިހެނުންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ގުރުއާން ހިތުދަސްކުރަމުން އަންނަ މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއް ދަސްކުރަނީ ގުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގައެވެ. މާލޭގައި 424 މީހުންނާއި ހުޅުމާލޭގައި 155 މީހުން ދަނީ ގުރުއާން ހިތުދަސްކުރަމުންނެވެ. ރަށްރަށުގެ ތެރެއިން އެންމެ ގިނަ މީހުން ގުރުއާން ހިތުދަސްކުރަނީ ރ. ކިނޮޅަހުގައި ހިންގާ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގައެވެ. އެ ގޮފީގައި 80 މީހުން ދަނީ ގުރުއާން ހިތުދަސްކުރަމުންނެވެ.
ރާއްޖޭގައި މިވަގުތު 266 ހާފިޒުން ތިބިކަމަށް ގުރުއާނާ ބެހޭ މަރުކަޒުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނައިން ތިބީ އައްޑޫގައެވެ. އެ ސިޓީގައި މިވަގުތު 65 ހާފިޒުން ތިބިއިރު، ފުވައްމުލަކުގައި 61 ހާފިޒުން ތިބެއެވެ. ދައުލަތުން ހާފިޒުންނަށް ދެމުން އައި 2000 ރުފިޔާގެ އިނާޔަތް މިމަހުން ފެށިގެން 4000 ރުފިޔާއަށް ބޮޑުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.