ads
ވެކްސިން ޖެހުމަށް ތައްޔާރުކުރަނީ
އަންނަ މަހުންފެށިގެން ދަމަނަވެށިން ވެކްސިން ޖަހައިދެނީ
ދަމަނަވެށިން އަންނަ މަހުން ފެށިގެން ވެކްސިން ޖަހަން ނިންމައިިފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް 14 ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުން އަކަށް ދިއުމުން ވެކްސިން ދިނުން މެދުކަނޑާލީ މި މަހުގެ 20 ވީ ހޯމަ ދުވަހުގަ އެވެ.

ދަމަނަވެށިން ބުނީ އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ކޮންމެހެން ދޭންޖެހޭ ވެކްސިން ޑޯޒްތައް ދެމުން ގެންދާނެކަމަށެވެ. އެހެންކަމުން 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ޝެޑިއުލްގައި ހިމެނޭ ވެކްސިންތައް ޖެހުމަށް ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 ފެށިގެން 1:00 އަށް އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް ދަމަނަވެށިން ބުނެއެވެ.
އަދި ފަސް އަހަރުން ދަށުގެ ކުދިންނަށް ފަނިބޭހާއި ވިޓަމިން-އޭ ގެ އިތުރުން ދޭންޖެހޭ ބޭހާއި ވިޓަމިން ދޫކުރުންކުރަން ނިންމާފައިވަނީ ބެލެނިވެރިޔާ ކުއްޖާގެ ވެކްސިން ފޮތް ހިފައިގެން ދިއުމުން ކަމަށެވެ.

މީގެ އިތުރުން އެމްއާރު ވެކްސިން ޖަހަން ބޭނުންވާ 40 އަހަރުން ދަށުގެ މީހުން އަދި އިންފްލުއެންޒާ ވެކްސިން ޖަހަން ބޭނުންވާ މީހުނަށް ވެސް އެ ގަޑިތަކުގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް ދަމަނަވެށިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް