
އެ ކޯޕަރޭޝަނަށް ޑިރެކްޓަރެއް ހޯދަނީ ޑެސްޓިނޭޝަން މާކެޓިންގެ މަގާމަށެވެ.
މި މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު -/19,602 ރުފިޔާ ލިބޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި -/6,861 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު -/5,881 ރުފިޔާ ލިބޭނެކަަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
މީގެއިތުރުން ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިން ކޮލިފިކޭޝަން އެލަވަންސް ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް ދެވޭނެކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.
އެގޮތުން މާސްޓާސް ޑިގްރީ ނުވަތަ އެއަށްވުރެން މަތިނަމަ މަހަކު -/1,750 ރުފިޔާ ލިބޭނެއެވެ. އަދި ބެޗްލާސް ޑިގްރީ ހަދާފައިވާނަމަ މަހަކު -/1,250ރުފިޔާ، ލެވެލް 6 އިން ދަށުގެ ސަނަދަކަށް މަހަކު -/750 ރުފިޔާ ލިބޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެހެންކަމުން މި މަގާމަށް ހޮވޭ މީހަކަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 34 ހާހަށްވުރެ މަތިން ލިބޭނެއެވެ. އަދި އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ލިބޭނެކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.