މަހުޒޫމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. ޝިމަންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުން ބުނީ އެ ދެ މީހުންނަށް ނަސޭހަތުގެ އެއްބަސްވުމެއް ވެސް އެ އޮފީހުން ހުށަހެޅި ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގައި ސޮއިކުރަން އެ ދެ މީހުން ވެސް ދެކޮޅު ހެދި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.