ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމްއެމްޕީއާރުސީ އެމްޑީ ޝިއުރީ ފޮޓޯ: ޕީއެސްއެމް
ދައުލަތުން މާލީ ބޮޑު އެހީއެއް ދީގެން ހިންގާ، އެމްއެމްޕީއާރްސީ މާލީ ގެއްލުމެއްގައި!
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިދިޔަ ތިން އަހަރު ގެއްލުމުގައި ހިންގާފައިވާކަމަށް ރައްޔިތުން މަޖިލީހުގެ ދައުލަތުގެ ކުންފުނިތަކުގެ ކޮމެޓީ (އެސްއޯއީ ކޮމެޓީ) ގެ ރިޕޯޓުން ހާމަވެއްޖެ އެވެ.
Advertisement

އެމްއެމްޕީއާރްސީއާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދިރާސާކުރުމަށްފަހު ކޮމިޓީން މިދިޔަ އާދިއްތަ ދުވަަހު ނެރުނު ރިޕޯޓުގައިވަނީ އެމްއެމްޕީއާރްސީގެ ގިއަރިން ރޭޝިއޯތައް ކަމުގައިވާ ޑެޓް ޓު އިކުއިޓީ ރޭޝިއޯއާއި ޑެޓް ޓު ޓޯޓަލް ކެޕިޓަލް ރޭޝިއޯ ހުރީ މައިނަސް އަދަދުތަކެއްގައި ކަމަށެވެ.

މިކަމުން ދޭހަވަނީ ކުންފުނީގެ ދަރަނިތައް ކުންފުނީގެ އެސެޓްތަކަށްވުރެ ގިނަކަން ކަމަށް ކޮމިޓީ ރިޕޯޓުގައިވެ އެވެ.

އެމްއެމްޕީއާރްސީ ވުޖޫދުވީ 2010 ވަނަ އަހަރު އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި އެ ކުންފުނީގެ މަގްސަދަކަށްވީ، ރާއްޖެ ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމެވެ. އެމްއެމްޕީއާރްސީގެ މާލީ ހިސާބުތަކުން އެނގޭ ގޮތުން ކޮވިޑަށް ފަހު ކޮންމެ އަހަރަކު ވެސް އެ ކުންފުނި ހިންގަމުން ދިޔައީ ދައުލަތުން މާލީ ބޮޑު އެހީއެއް ދީގެންނެވެ.  

އެމްއެމްޕީއާރްސީގެ ގެއްލުމުގެ ހިސާބު އަދަދުތަކަށް ބަލާއިރު 2021 ވަނަ އަހަރު 142 މިލިއަން ރުފިޔާގެ ގެއްލުންވިއިރު 2022 ވަނަ އަހަރު އެ އަދަދު ހުރީ 42 މިލިއަން ރިފިޔާގައި އެވެ. އަދި އެ ކުންފުންޏަށް 2023 ވަނަަ އަހަރު 18 މިލިއަން ރުފިޔާގެ ގެއްލުން ވިއިރު މިދިޔަ އަހަރުވަނީ 28 މިލިއަން ރުފިޔާގެ ގެއްލުން ވެފައި އެވެ. މިއާއެކު އެ ކުންފުނީގެ ޖުމްލަ ގެއްލުން 213 މިލިއަން ރުފިޔާ އަށް އަރައެވެ.

މިދިޔަ ފަސް އަހަރު އެމްއެމްޕީއާރްސީއަށް ދައުލަތުގެ ބަޖެޓުން ބައި ބިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ އަހަރަކަށް އެވްރެޖުކޮށް 117 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެކަނި ވެސް ކުންފުނީގެ ހިންގުމަށާއި ދަރަނި އަދާކުރުމަށް ދިޔަ ހަރަދުތައް ހިމެނޭހެން 144 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެއީ ލިބޭ އާމްދަނީއަށް ވުރެ ގާތްގަނޑަކަށް ހަތް ގުނަ އިތުރު އަދަދެކެވެ.

އެސްއޯއީ ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިވަގުތު ކުންފުނީގެ ހަރަދުތައް މެނޭޖްކުރުމަށް ސަރުކާރަށް ބަރޯސާވެފައިވާތީ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އިތުރު ގޮތްތަކެއް ހޯދުމަށް ލަފާދީފައިވެއެވެ. މީގެއިތުރުން، ކުންފުނީގެ ގިއަރިން ރޭޝިއޯތައް ކަމުގައިވާ ޑެޓް ޓު އިކުއިޓީ ރޭޝިއޯއާއި ޑެޓް ޓު ޓޯޓަލް ކެޕިޓަލް ރޭޝިއޯގައި މައިނަސް އަދަދުތަކެއް ހުރުމުން، މިއީ ބަނގުރޫޓުވުމުގެ ނުރައްކާ އޮތް ކަމަކަށް އެސްއޯއީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީން މިއަދު ބުނީ، އެމްއެމްޕީއާރްސީގެ މާލީ ހާލަތު ގޯސްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން އަމަލުކުރި ގޮތުން ކަމަށާއި އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށް ހެދުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުމަށް މިހާރު އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް