ads
ސައުދީގައި އިއުލާން ކޮށްފައިވާ ކާފިއު އަށް ލުއި ތަކެއް
ސައުދީ އަރަބިއްޔާއިން ކޮވިޑް-19 އާ ގުޅިގެން ހިންގާފައިވާ ކާފިއު އަށް ލުއިތަކެއް ދޭން ނިންމައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސައުދީ ސަރުކާރުން އިއުލާނު ކޮށްފައިވާ ކާފިއުގެ އަމުރު މިއަދުން ފެށިގެން އަންނަ މޭ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ލުއި ކުރުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ އަންގަވާފައެވެ. ކޮވިޑް-19 އާ ގުޅިގެން ކުރިން މުޅިން ބަންދު ކުރެވިފައިވާ ސަރަހައްދުތައް ފިޔަވާ އެހެން ސިޓީ ތަކުގައި ލޮކްޑައުންގެ ހާލަތަށް ލުއި ދިނުމަށް ރަސްގެފާނު ސަލްމާން ވަނީ އަންގަވާފައެވެ.

މިގޮތުން، މިއަދު ހެނދުނު ނުވައަކުން ފެށިގެން ހަވީރު ފަހެއް ޖަހަންދެން ލޮކްޑައުންގެ އަމުރަށް ލުއިދީފައިވާ ސިޓީ ތަކުގެ އާންމުންނަށް ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި ރޯދަ މަހުގެ ހަވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ 20 ވަނަ ދުވަހާ ހަމައަށް މޯލްތަކާއި، ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަށް ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

ކާފިއުގެ އަމުރު ލުއިކުރުމަށް ހުއްދަ ދެއްވާފައިވާއިރު، ސައުދީގައި ކޮވިޑް-19 އާ ގުޅިގެން ތަންފީޒުކުރަމުންދާ އުސޫލުތަކާއި ހިލާފުވާ މީހުންނާއި، ކުންފުނިތައް ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅު އެޅުމަށް ރަސްގެފާނު ވަނީ ފުލުހުންނަށާއި ސަލާމަތީ ބާރުތަކައް އަންގަވާފައިވާކަމަށް އެގައުމުގެ މީޑިއާއިން ބުނެ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ އެންމެ ފަހުގެ ޑޭޓާ ތަކުން ދައްކާ ގޮތުގައި، ސައުދީ އިން 16,299 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި 136 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. މިއީ ޖީސީސީ ގައުމުތަކުގެ ތެރެއިން ކޮވިޑުގެ ނުރައްކާ އެންމެ ބޮޑަށް ކޮށްފައިވަ ގައުމަކީ ވެސް ސައުދީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް