ads
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު
ފެނަކަ ސައީދުގެ ޝަރީއަތް މިއަދު
ފެނަކަ ކޯޕަރޭޝަނުން އައިސްޕްލާންޓުތަކެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތެއް މިއަދު އޮންނާނެއެވެ.
Advertisement

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި އޮންނަ މި ޝަރީއަތަކީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެކެވެ. މިއަދު މިޝަރީއަތް އޮންނައިރު، ފެނަކަ ކުންފުނީގެ ކުރީގެ އެމްޑީ ސައީދު އަދި އިސްވެރިއެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭރު އެކަމާ ގުޅޭ ގޮތުން ބުނީ އެ މައްސަލާގައި ދައުވާ ކޮށްދޭން އެދި ފޮނުވީ ސައީދުގެ އިތުރުން އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ކަމަށެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ކުރަނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ގާއިމްކޮށްފައިވާ އައިސްޕްލާންޓު ގަތުމުގައި ފެނަކައިގެ އުސޫލުތަކާ ހިލާފަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތު ކަމަށް އޭސީސީން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ސައީދާއި މަސްއޫދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހެޅީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭ ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ. 

ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތަކަކާ ގުޅިގެން ސައީދުގެ ޕާސްޕޯޓުވެސް ހިފެހެއްޓިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސައީދު ފެނަކަ ހިންގެވިއިރު، ހިޔާނާތުގެ ވަރަށް ބޮޑެތި ތުހުމަތުތައް އެ ކުންފުންޏަށް ކުރި އެވެ. ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓް ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެނަކައިގެ މުވައްޒަފުން ވެސް އޭސީސީ އަށް ހުށަހެޅި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް