ފުުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ކުރިމަތިން އަލަށް ހުޅުވި މަގުން ދުއްވާފައި ދިޔަ ކާރެއް ކުރިން ބޭނުންކުރަމުން ދިޔަ މަގަށް އަރިއަޅައިލި ކަމުގެ މައުލޫމާތު ލިބުނީ ރޭ 11:45 ހާއިރުކަމަށެވެ.
މި ހާދިސާ ހިނގިއިރު ކާރުގައި ހަތަރު މީހަކު ތިބި ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުނެއެވެ. މި ކާރު ދުއްވަން އިނީ ލައިސަންސް އޮތް މީހެއްކަމަށާއި މި މައްސަލަ ފުލުހުން ބަލަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި މަހުގެ 26 ވަނަދުވަހު އާޓާމިނަލް ހުޅުވުމަށް ނިންމާފައިވާއިރު އެ ސަރައްދުގެ މަގުތަކަށް ގިނަ ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އެގޮތުން އެއާޕޯޓަށް ދާ ވެހިކަލްތައް ދާން ވަކި މަގެއް އަދި އެއާޕޯޓުން ނުކުންނަން ވަކި މަގުތަކެއް އަންނަނީ ހަދަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;