ads
އެލަން މަސްކު
އީލޮން މަސްކް ސިޔާސީ ޕާޓީއެއް އުފައްދަނީ، ނަމަކީ އެމެރިކާ ޕާޓީ
ދުނިޔޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ، ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު ބިލިއަނަރު، އީލޮން މަސްކް، ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފި އެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަސްކް ވިދާޅުވީ އޭނާ އުފައްދާ "އެމެރިކާ ޕާޓީ" އަކީ އެގައުމުގައި މިހާރު އޮތް އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީއާ ޗެލެންޖު ކުރާނެ ޕާޓީއެއް ކަމަށެވެ.

"ގައުމު ބަނގުރޫޓުވުމާއި އިސްރާފާއި ރިޝްވަތުގެ ތެރޭގައި އަހަރެމެންގެ ގައުމު އޮތް އިރު އަޅުގަނޑުމެން މި އުޅެނީ އެއް ޕާޓީގެ ވެރިކަމެއްގެ ތެރޭގައި. ޑިމޮކްރަސީއެއްގައެއް ނޫން،" ސްޕޭސް އެކްސް އާއި ޓެސްލާގެ ވެރިޔާ ކަމަށްވާ މަސްކް އޭނާގެ އެކްސްގައި މަސްކު ލިޔުއްވާފައިވެ އެވެ.

ނަމަވެސް އެ ޕާޓީ ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ ކަމެއް ސާފެއް ނޫނެވެ. އެ ޕާޓީ ލީޑުކުރާނީ ކޮންބައެއްކަމާއި ޕާޓީއާ ގުޅޭ އިތުރު އެހެން ތަފުސީލެއް ވެސް މަސްކު ހާމަކޮށްފައެއް ނުވެ އެވެ.

މަސްކް ވަނީ ހުކުރު ދުވަހު ފާހަގަކުރި އެމެރިކާގެ މިނިވަން ދުވަހު، އެއް ޕާޓީ ނުވަތަ ދެ ޕާޓީއެއްގެ ކިބައިން ގައުމަށް މިނިވަންކަން ހޯދައިދޭން ބޭނުންތޯ އަހައި އެކްސްގައި ޕޯލެއް ވެސް ނަގައިފަ އެވެ. އެޔަށް 1.2 މިލިއަން މީހުން ވޯޓު ދީފައި ވާއިރު ގިނަ މީހުން ވޯޓު ދިނީ މަސްކް ވަކާލާތުކުރެއްވި ގޮތަށެވެ.

މަސްކް މިފަދަ ޕާޓީއެއް އުފެއްދުމުގެ ހިޔާލު ފުރަތަމަ ފާޅުކޮށްފައިވަނީ، ޑޮނަލްޑް ޓްރަމްޕްއާ އޭނާއާ ދެމެދު އުފެދުނު ދެބަސްވުމުގެ ތެރޭގަ އެވެ. އެ މައްސަލަތަކާ ގުޅިގެން މަސްކް ވަނީ ޓްރަމްޕްގެ ސަރުކާރުގައި އޭނާ އަދާކުރަމުން އައި މަގާމުން ވަކިވެ، ޓްރަމްޕްގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަން ފަށާފަ އެވެ. 

އެ ދުވަސްވަރު، މަސްކް ވަނީ، އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ތާއީދު އޮތްތޯ ބެލުމަށް އެކްސްގައި ޕޯލް އެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. 

ޓްރަމްޕާއި މަސްކްގެ ގުޅުން ހީނަރުވެފައިވާއިރު، މަސްކް ވަނީ ޓްރަމްޕު ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތުގައި ވެސް ދުވަސްތަކެއް ވަންދެން އުޅެފަ އެވެ. އެ ބިލު މިހާރު ގާނޫނަކަށް ބަދަލުވެފައިވާއިރު، އޭގެ ސަބަބުން ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި އެމެރިކާގެ ދަރަނި ތިން ޓްރިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް