ޔޫއޭއީ އަދި ތައިލެންޑުން ބޭސްފަރުވާކުރަން އާސަންދް ހަމަޖައްސައިދިނުން އެއީ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ.
އާސަންދައިން ބުނީ މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ބެންކޮކުން ބޭސް ފަރުވާ ހޯދަން 33 މީހަކަށް އެހީ ދީފައިވާކަމަށެވެ. އެ ފަރާތްތަކަށް އެހީ ހަމަޖައްސާދިނީ އެންސްޕާއިންކަމަށާއި އެ މީހުންގެ ފަރުވާއަށް 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާކަމަށް އާސަންދައިން ބުނެއެވެ.
އާސަންދައިން ބުނީ އެކަކު މިހާރު ވެސް ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ފަރުވާ ހޯދަމުންދާކަމަށެވެ. އަދި އިތުރު ދެ މީހަކު ފަރުވާއަށް އެ ގައުމަށް ފޮނުވަން ހަމަޖެހިފައިވާކަމަށް އާސަންދައިން ބުނެއެވެ.
އާސަންދައިން ބުނީ ޔޫއޭއީ އަދި ތައިލެންޑުން ފަރުވާ ހޯދަން އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން މީހުން ފޮނުވަމުން އަންނަކަމަށެވެ.