ads
ފަސްޓްލޭޑީ ސާޖިދާ
ފަސްޓްލޭޑީ ސާޖިދާ ގޮވައިގެން އެމްޑީޕީން ހައިކޯޓަށް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް، އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ނެގި އިއުތިރާޒު ބަލައިނުގަންނަން އެ ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
Advertisement

ވޭޕް މަނާކުރުމާ ރައީސްގެ ބޭފުޅަކާ ގުޅުވައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ވެސް ފަސްޓް ލޭޑީ ސާޖިދާ ވަނީ އަބުރުގެ ދައުވާ ކުރައްވައިފަ އެވެ. އެ މައްސަލައިގައި ދައުވާއަށް ޖަވާބުދާރީނުވެ، ދައުވާ ލިބޭ ފަރާތްތަކުން އިއުތިރާޒުތަކެއް ހުށަހެޅި އެވެ. އެގޮތުން ދައުވާ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ނެތް ކަމަށް ބުނެ ނުކުތާއެއް ފާހަގަކުރި އެވެ. ނަމަވެސް، ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. އެ ނިންމުން، އެމްޑީޕީ އަދި ފައްޔާޒް އިސްމާއިލް އަދި މަންދީ ހިމެނޭހެން ހައިކޯޓަށް ހުށަހެޅީ މިދިޔަ ހަތްފާގައި ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. އެ މައްސަލަ ބަލައިގަތުމާމެދު ކޯޓުން އަދި ގޮތެއް ކަނޑަ ނާޅައެވެ.

ރައީސްގެ އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ.

އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް