ބޮޗޭ މި ވާހަކަތައް ދެއްކެވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށް ބަހުސް ކުރަންވަމުންނެވެ.
އޭނާ ދެއްކެވި ވާހަކަގައި ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެޖޯރިޓީ އޮތް ގޮތުން ގާނޫނު އަސާސީގެ ކޮންމެ މާއްދާއަކަށް ވެސް އިސްލާހު ގެނެސް، އޭގެ ނާޖާއިޒު ފައިދާ ނެގިދާނެ ކަމަށް ވިދާޅުވި އެވެ.
ބޮޗޭގެ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ސަރުކާރަށް ތާއީދު ކުރާ ބައެއް މީހުން ވެސް ބުނަމުން އަންނަނީ ޑިމޮކްރަސީއާ ދުރު މިފަދަ "ހުދުމުތާރު ކަމަށް ތާއީދު ކުރާ" ވާހަކަތައް ދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;