އެ ޕްރޮމޯޝަނަށް ހުށަހަޅާފައިވާ އަގުހުރި އިނާމުތަކުގެ ތެރޭގައި ޕްލޭސްޓޭޝަން 5 ސްލިމް އާއި ޑެލް ލެޕްޓޮޕާއި ސެމްސަންގް ގެލެކްސީ ޓެބް އޭ9 ޕްލަސްގެ އިތުރުން ކޮންސިއާޖް ގްރޫޕުން ދޭ 500 ޑޮލަރުގެ ބަޓިކް އެއާ ގިފްޓް ވައުޗަރު ހިމެނެ އެވެ.
ދިރާގުން ބުނި ގޮތުގައި 500 ޑޮލަރުގެ ބަޓިކް އެއާގެ ގިފްޓް ވައުޗާ ހާސިލުކުރާ ނަސީބުވެރިޔާއަށް ބަޓިކް އެއާގެ އެކްސްކްލޫސިވް އޮތޮރައިޒްޑް ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ކޮންސިއާޖް ގްރޫޕް މެދުވެރިކޮށް ބުކިން ހެދުމަށް ބޭނުންކުރެވޭނެ އެވެ.
ދިރާގުން ދަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފާތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.