ads
ރާއްޖެ ތަމްސީލުކުރެއްވި މެންބަރުން: ފަލަސްތީނުން ކުރިމަތިވާ އަނިޔާތައް ހުއްޓުވަން ފިޔަވަޅުތައް އަޅަން ރާއްޖޭން ގޮވާލައިފި - ފޮޓޯ: ފޮރިން މިނިސްޓްރީ
ފަލަސްތީނު ރައްޔިތުންނަށް ކުރާ އަނިޔާތައް ހުއްޓުވަން ރާއްޖޭން ގޮވާލައިފި
ޔަހޫދީ އިޒްރާއީލުން ނިޒާމީ ގޮތެއްގައި ފަލަސްތީނުގެ ގާޒާގައި ހިންގާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓުވުމަށް ދިވެހިރާއްޖެއިން ގޮވާލައިފި އެވެ.
Advertisement

ރާއްޖޭގެ ފަރާތުން މިކަމަށް ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖެ އިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު އެވެ.

ސަފީރުގެ ވާހަކައިގައި ވަނީ، އިރުމަތީ ގުދުސްއާއި ވެސްޓް ބޭންކާއި ފަލަސްތީނަށް މެދުކެނޑުމެއްނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އިސްރާއިލުގެ އިސްތިއުމާރީ ސިޔާސަތުތަކަކީ ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ބިމުން ނެރެ، އެ މީހުންގެ މުދަލާއި ވަސީލަތްތައް އަތުލައި އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުން މިހާރަށް ދާއިމީކޮށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، އެކަމަށް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް" މި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަފީރު ވިދާޅުވި އެވެ.

މީގެ އިތުރުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމަޢިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ވަނީ ގޮވާލައްވާފަ އެވެ. ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯ.އައި.ސީ.ގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމުޢިއްޔާގެ މެމްބަރު ގައުމެކެވެ.

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 58،000އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށެވެ.

އެ ހަނގުރާމައިގެ ސަބަބުން ބަނޑުހައިހޫނުކަމުގެ މައްސަލަ ކުރިމަތިވެ، ގިނަ ބައެއްގެ ގެދޮރު ގެއްލި، މައިގަނޑު ގޮތެއްގައި ގާޒާ ވަނީ ސުންނާފަތިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް