ads
ހުމައިރާ އަސްއަރު
ހުމައިރާ މަރުވުމުން، އާއިލާއިން ހަށިގަނޑާއި ހަވާލުވުމަށް ދެކޮޅު ހަދައިފި
ޕާކިސްތާނުގެ މަޝްހޫރު އެކްޓްރެސް ހުމައިރާ އަސްއަރު، ކަރާޗީގައި ހުންނަ އޭނާގެ އެޕާޓްމަންޓުން މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ހަށިގަނޑު ދެ ހަފްތާއެއްހާ ދުވަސްވަންދެން ވަނީ ހަލާކުވަމުން ގޮސްފަ އެވެ. މަރުވިއިރު އޭނާގެ އުމުރަކީ 32 އަހަރެވެ.

"ތަމާޝާ ގަރް" ރިއަލިޓީ ޝޯއާއި 2015 ވަނަ އަހަރުގެ ފިލްމު "ޖަބީލީ" އިން އެންމެ ބޮޑަށް މަޝްހޫރުވެފައިވާ ހުމައިރާ، އެތައް އަހަރެއް ވަންދެން ދިރިއުޅެފައި ވަނީ އެކަނި އެވެ. 

އޭނާ މަރުވެފައިވާކަން އެނގުނީ، 2024 ވަނަ އަހަރުން ފެށިގެން ކުލި ނުދައްކާތީ، ގޯތިވެރިޔާ ގާނޫނީ ފިޔަވަޅު އެޅުމުންނެވެ. ފުލުހުން ކޯޓު ނޯޓިހާއެކު އެޕާޓްމަންޓަށް ގޮސް އެއްވެސް ޖަވާބެއް ނުލިބުމުން އެ ގެއަަށް ގޮސް ބެލިއިރު ފެންނަން އޮތީ އޭނާގެ ފުރާނަ ނެތް މަސްގަނޑެވެ.

ތަހުގީގުގައި ހިމެނޭ ޑރ. ސުމައްޔާ ސައްޔިދު ބުނީ އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އޭނާ މަރުވެފައިވާކަމަށް ވެސް ރިޕޯޓް ތަކުން ބުނެ އެވެ.

ފުލުހުން އޭނާގެ އާއިލާއާ ގުޅުމުން، ހުމައިރާގެ ބައްޕަ ވަނީ ހަށިގަނޑު ބަލައިގަތުމަށް ދެކޮޅު ހަދާފަ އެވެ. އޭނާގެ ބައްޕަ ބުނީ އެމީހުންނާއި ހުމައިރާ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި އޭނާ އާއި ގުޅުން ކަނޑާލީތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ. އަދި ހަށިގަޑަށް ކަންކުރާނެ ގޮތް ފުލުހުން ނިންމުމަށް އާއިލާއިން ވަނީ އެދިފަ އެވެ.

ހުމައިރާ އާއިލާއާއި މައްސަލަ ޖެހި ގުޅުން ކެނޑުނީ ފިލްމީ ދާއިރާގައި އާއިލާއާއި ދެކޮޅަށް އުޅެން ފެށުމުން ނެވެ. ހުމައިރާ މަރުން ވަނީ އެކަނިވެރިކަމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ހަމްދަރުދީގެ މުހިންމުކަމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ޝޯޝަލް މީޑިއާގައި ބަހުސް ކުރަން ފަށައިފަ އެވެ.        

11%
ކަމުގޮސްފި
78%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް