ads
ނަހުލާ އަދި އައްޒަ
ހަފުތާ ބަންދުގައި ސޮރީގެ ދެ ޝޯ ލަންކާގައި އަޅުވަނީ
ރާއްޖޭގެ ކާމިޔާބު އަދި މަޝްހޫރު ޑައިރެކްޓާ އަދި ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ އާ ފިލްމުގެ ސޮރީގެ ދެ ޝޯއެއް ލަންކާގައި ދައްކަން ނިންމައިފިއެވެ.
Advertisement

މި ދެ ޝޯ ލަންކާގައި ދައްކާނީ އަންނަ ހުކުރާއި ހޮނިހިރު ދުވަހުއެވެ. ފިލުމު އަޅުވާނީ ލަންކާގެ ސިޓީ ލައިޓް ސިނަމާގައެވެ. ޝޯގެ ޓިކެޓުތައް ބުކްކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މީހާރު ދެ ޝޯއެއް ދައްކަން އޮތް ނަމަވެސް ތިންވަނަ ޝޯއެއް ވެސް އަޅުވަން ޖެހިދާނެ ކަމަށް ނަހުލާ ވަނީ ބުނެފައެވެ. 

މި ޝޯ އެޅުވުމަށް ނަހުލާއާއި ފިލްމުގެ ލީޑް އަންހެންތަރި މަރިޔަމް އައްޒަ ވަނީ ލަންކާއަށް ގޮސްފައެވެ. 

ދުވަސްތަކަކަށްފަހު ނަހޫ އުފެއްދި  "ސޮރީ" އޮލިމްޕަހުގައި އެޅުވީ މިދޔަ ޖޫންމަހުގެ 17 ވަނަދުވަހުއެވެ. ފިލްމު އެޅުވުމުގެ ކުރިންވެސް ފިލްމުގެ 15 ޝޯގެ ޓިކެޓް ވަނީ ވިކިފައެވެ. 

އަސަރުގަދަ ލޯބީގެ އެތައް ފިލްމެއް ގެނެސްދީފައިވާ ނަހުލާ ދުވަސްތަކަށްފަހު ޑައިރެކްޓްކުރާ އާ ފިލްމު "ސޮރީ" އަކީވެސް އަކީވެސް ޔޫއްޕެ އަދި އައްޒަގެ ޖޯޑު ފެނިގެންދާނެ ފިލްމެކެވެ. މީގެއިތުރުން  ޝީލާ ނަޖީބާއި ނަހޫގެ ކުރީގެ ނާ އުއްމީދުން ފެނުނު ހުސައިން ސޮބާހްގެ އިތުރުން އާނަންދު އަދި ޝިޔާވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް