މިދިޔަ މެއި މަހު ގދ. ތިނަދޫގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނީ 31 އަހަރުގެ އަންހެނަކަށެވެ. އެ އެކްސިޑެންޓް ހިނގީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
އަންހެން މިހާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، އިމަޖެންސީގައި މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާދޭން ފެށި އެވެ. މިއަދުގެ ވަގުތެއްގައި އޭނާ ވަނީ ނިޔާވެފަ އެވެ.
އެ މީހާގެ ހާލަތާ ބެހޭގޮތުން ފުލުހުން ކުރިން ބުނެފައިވަނީ ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު، އިންފެކްޝަނެއް އުފެދުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ވެގެން އައިސިޔޫގައި ފަރުވާދެމުންދިޔަ ކަމަށެވެ.
އެ އަންހެން މީހާގެ ޖަނާޒާ މިރޭ އެބައޮތެވެ.