
މަރާލާފައިވަނީ އެ ރަށު އޯކިޑްމާގޭ އަބްދުއްރަހަހުމާން އާދަމް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އޭނާގެ އުމުރަކީ 65 އަހަރެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހަހުމާން އާދަމް މަރާލާފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވައެވެ. އޭނާ މަރުވީ، އޭނާއަށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށްކަމަވެސް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އޭނާއަށް އަނިޔާކޮށްފައިވުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސްފައިވަނީ ރޭ ދަންވަރު ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން. އަދި މައްސަލައިގެ ތަހުގީގަށް މާލެ އިން ތަހުގީގު ޓީމެއް އެ ރަށަށް ދިނުމަށް ދަތުރު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަބްދުއްރަހަހުމާން އާދަމްއަކީ މާޅޮހު ކައުންސިލްގައި މަސައްކަތް ކުރާ މީހެއްގެ ފިރިމީހާއެވެ. މާޅޮހު ކައުންސިލުން މިހާދިސާއާ ގުޅިގެން ތައުޒިޔާ ކިޔާފައިވެ އެވެ.