ads
ސަލްމާން މިސްކިތުގައި ހުޅުވި އިސްލާމީ ކުތުބުހާނާ
ދެ ނަމާދު ދޭތެރޭ ލައިބްރެރީ ހުންނާނީ ހުޅުވާފައި
ސަލްމާން މިސްކިތުގައި ތަރައްޤީކޮށް ރޭ ހުޅުވި އިސްލާމީ ކުތުބުހާނާ ކޮންމެ ދުވަހެެްގެވެސް ދެ ނަމާދު ދޭތެރޭ ހުޅުވާފައި ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުހާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މި ކުތުބުހާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައި ހުންނާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

your imageސަލްމާން މިސްކިތުގައި ހުޅުވި އިސްލާމީ ކުތުބުހާނ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމިކް ލައިބްރަރީގައި ކިޑްސް ކޯނާ އަކާއި އިސްލާމިކް ބޭންކިން އާއި އިސްލާމިކް ފައިނޭންސް ހާއްސަ ކޯނަރެއް ވަރަށް އަވަހަށް ޤާއިމު ކުރެވޭނެކަމަށެވެ. އަދި ރަސްމީ ގަޑިތަކުގެ އިތުރުން ހަވީރާއި ދެ ނަމާދު ދޭތެރެއާއެކު ރޭގަނޑު 9.30 ވަންދެން އިސްލާމިކް ލައިބްރަރީ ހުޅުވިފައި ހުންނށާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން އަތޮޅުތެެރޭ ހުރި އިސްލާމިކް ސެންޓަރުތަކުގައިވެސް މިއަހަރު ލައިބްރެރީ ހުޅުވާނެކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

" މި އަހަރު ނިމުމުގެ ކުރިން އުނގުރާފު، ހއ. ދިއްދޫ، ގދ. ތިނަދޫ އިސްލާމިކް ސެންޓަރުތަކުގައި އިސްލާމީ ލައިބްރަރީ ޤާއިމު ކުރެވިގެންދާނެ." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

your imageސަލްމާން މިސްކިތުގައި ހުޅުވި އިސްލާމީ ކުތުބުހާނާ

މި ކުތުބުހާނާ ހުޅުވާފައި ވަނީ ދިވެހި ލައިބްރަރީ ދުވަހާ ދިމާކޮށެވެ. އިސްލާމީ މަރުކަޒުތަކުގައި ކުތުބުހާނާތައް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް