ads
އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުން 2025 ގެ ތެރެއިން
އައިޔޫއެމްގެ "ވަންސްޓޮޕް އެޑްމިޝަން" އިވެންޓް ޖުލައި މަހު
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން 2025 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކަށް "ވަންސްޓޮޕް އެޑްމިޝަން" ގެ ނަމުގައި ހާއްސަ އިވެންޓެއް ޖުލައި މަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
Advertisement

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 13، 14 އަދި 15 ވަނަ ދުވަހުއެވެ. އިވެންޓުގެ ވަގުތުތަކަކީ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 14:00 އިން 16:00 އަށެވެ.

މި އިވެންޓްގައި ދަރިވަރުންނަށް ލިބިދޭ ހިދުމަތްތަކުގެ ތެރޭގައި ވަގުތުން ސެޓްފިކެޓްތައް އެޓެސްޓް ކޮށްދިނުމާއި، ކެރިޔާ ކައުންސެލިން، އިސްލާމިކް ކައުންސެލިން އަދި ލީގަލް ކައުންސެލިންގެ ހިދުމަތްތައް ހިމެނެއެވެ. އައިޔޫއެމްގެ ހޯލުގައި ބޭއްވޭ މި އިވެންޓަކީ ދަރިވަރުންނަށް ވަރަށް ފަސޭހައިން އެޑްމިޝަންގެ ހުރިހާ ކަމެއް އެއްތަނަކުން ފުރިހަމަކުރުމަށް ލިބޭ ފުރުސަތެކެވެ.

އިވެންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގެންނަންޖެހޭ ތަކެތީގެ ތެރޭގައި ދަރިވަރުންގެ ސެޓްފިކެޓްތަކާއި، ޕާސްޕޯޓް ފޮޓޯ، ޓްރާންސްކްރިޕްޓް އަދި އައިޑީ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ހިމެނެއެވެ. އައިޔޫއެމްއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް