ads
ފޮޓޯ: ވަން އޮންލައިން
މިނިމަމް ވޭޖް ކަނޑައެޅުން އަވަސް ކުރުމަށް ލޭބާ ޕާޓީން ގޮވާލައިފި
މިނިމަމް ވޭޖް ކަނޑައެޅުން އަވަސް ކުރުމަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީން ގޮވާލައިފިއެވެ.
މިނިމަމް ވޭޖް ކަނޑައެޅުން އަވަސް ކުރުމަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީން ގޮވާލައިފިއެވެ.

ލޭބާ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އާންމު މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަހތު ރަނގަޅުކުރުމަށްޓަކައި އެންމެ ކުޑަވެގެން ދެވޭނެ އުޖޫރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށެވެ.

އަދި ނިމިދިޔަ އިންތިހާބުގައި މަސައްކަތްތެރިންނަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅިގެންދާނެ އަދުދުތަކާއި އެކު އެކުލަވާލެވިފައިވާ މެނިފެޓޯއަކަށް މަސައްކަތްތެރިންގެ ތެރެއިން ގިނަ ބަޔަކު ތާއީދުކޮށް ވޯޓު ދީފައިވާކަން ގަބޫލުކުރަން ޖެހޭކަމަށް ލޭބާ ޕާޓީގެ ބަޔާނުގައި ވެއެވެ.

"ނަމަވެސް މިހާތަނަށްވެސް ވައުދުވެ ހިސާބުކުރެވިފައިވާ މިނިމަމް ވޭޖް ކަނޑައެޅި މަސައްކަތްތެރިންނަށް އޭގެ މަންފާ ލިބެމުންނުދާކަމާއި، މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަމުން ދާތީއާއި، އަދި ވޭޖް ކަނޑައެޅުމުގެ މަސައްކަތްތަކުގެ މައުލޫމާތު މަސައްކަތްތެރިންނަށް އެކަށީގެންދާ ގޮތެއްގައި ހިއްސާކުރެވެމުން ނުދާކަމުގެ ކަންބޮޑުވުން މަސައްކަތްތެރިންދަނީ ފާޅުކުރަމުންނެވެ." ލޭބާ ޕާޓީގެ ބަޔާނުގައި ވެއެވެ.

އެހެން ކަމުން ވީހާވެސް އަވަހަށް އެންމެހައި މަސައްކަތްތެރިންނަށްވެސް ހަގީގީ މަންފާ ލިބެނިވި ގޮތަކަށް، އެއްވެސް ފަރާތެއް އިސްތިސްނާކުރުމެއް ނެތި މިނިމަމް ވޭޖް ކަނޑައަޅާދިނުމަށް ލޭބާ ޕާޓީން ވަނީ ގޮވާލާފައެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ ނިޔަލަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްތައް ނިންމުމަށް ފަހު އިކޮނޮމިކް މިނިސްޓްރީ އަށް ލަފާ އަރުވާނެ ކަމަށް މިނިމަމް ވޭޖް ބޯޑުން އޮގަސްޓު މަހު ވަނީ ބުނެފަ އެވެ.

އެ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރާއްޖޭގައި އަލަށް ކުރާ ކަމަކަށް ވާތީ، ފުރިހަމަ ދިރާސާއެއް ހެދުމަކީ ވަރަށް މުހިއްމު ކަމަކަށް ވުމުން ރޯޑް މެޕެއް ހެދުމަށް ފަހު އެއަށް އަމަލު ކުރަމުންދާ ކަމަށެވެ.

މިނިމަމް ވޭޖް ބޯޑުގައި ތިބެނީ ފަސް މެމްބަރުންނެވެ. އެއީ މަރިޔަމް ހާލިދާ، އިބްރާހިމް ނޫރައްދީން، އަލީ އާދަމް އަދި މައުރޫފް ޒާކިރެވެ.

އެ ބޯޑުން ނެރުނު ބަޔާނުގައި ބުނީ ކުޑަ އުޖޫރަ ކަނޑައަޅަން ކުރާ ދިރާސާ އަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އެހީ ލިބެމުންދާ ކަމަށާއި މިމަހުގެ ތެރޭގައި ވެސް އެތަނުގެ ފަރާތުން ވޯކްޝޮޕެއް ބޭއްވި ކަމަށެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ގިނަ ބަޔަކު، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ދިވެހި މަސައްކަތްތެރިންގެ އެދުމެކެވެ. އެކަމަކީ ރިޔާސީ ވައުދެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް