"ދަ މޭލް ފެމިނިސްޓް" ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން، ފާތިމާ ސަނާ ހާން ބުނީ "އެއްފަހަރު މީހަކު ނުރުހުމުގައި އަހަރެންނަށް އަތްލީމަ އަހަރެން އޭނާ ގަގައި ޖެހިން،" އެކަމަކު އޭނާ އެއަށްވުރެ ބާރަށް ސަނާ ގައިގައި ޖެހުމުން އޭނާ ހޭނެތުނުކަމަށްވެސް ބުންޏެވެ.
ސަނާ ބުނީ އޭގެ އިތުރުންވެސް ކޮވިޑް-19 ލޮކްޑައުންގެ ދުވަސްވަރު މުންބާއީގައި ސައިކަލް ދުއްވަމުން ދަނިކޮށް ވެސް އޭނާއަށް މީހަކު ގޯނާ ކުރިއެވެ.
"އަހަރެން މާސްކު އަޅައިގެން ސައިކަލްގައި ދުއްވަމުން ދަނިކޮށް، ޓެމްޕޯ ޑްރައިވަރެއް ބަރުގަނޑު އެޅުމާ އެކި ކަހަލަ އަޑު އިއްވަމުން ދިޔަ،" އެވެ. އަދި އަހަރެން އެހެން މަގަކަށް ނުދަންދެން އޭނާ ވަނީ އަހަރެން ފަހަތުން އައިސްފައެވެ." އޭނާ މިފަދަ ހާދިސާތަކާމެދު ބުނެފައިވަނީ، "އެކަމަކަށް ހަމައެކަނި ބޭނުންވަނީ އަންހެނަކަށް ވުމެވެ."
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;