ads
ފީއެންސީއަށް 65،000 މެންބަރުން ހަމަވުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މެންބަރު ސުޖާއު: ފޮޓޯ ޕީއެންސީ
ބޭނުމަކީ ވަގު މުދާ އެތެރެކޮށްގެން ވިޔަފާރިކުރުން ހުއްޓުވުން: ސުޖާއު
އިދިކޮޅު އެމްޑީޕީން ފާޑުކިޔަނީ އެ ޕާޓީގެ ސަރުކާރުތަކުން އައިސް ފޭކު މުދަލުން ހަލާކުކޮށްލި ވިޔަފާރީގެ ސިނާއަތް މި ސަރުކާރުން ރަނގަޅުކޮށް، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދޭން އުޅޭތަން ފެންނާތީ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ޝުޖާއު ވިދާޅުވީ ހަރުދަނާ ގޮތެއްގައި ވިޔަފާރިތަކަށް ފަހި މާހައުލެއް "ޓްރޭޑްމާކްގެ ގާނޫނު" ބިލާއެކު ފަހިވެގެންދާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި 'ޓްރޭޑްމާކްގެ ގާނޫނު'ގެ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، ވިޔަފާރިވެރިން ބުރަ މަސައްކަތަކުން ޓްރޭޑްމާކެއް އުފައްދައިގެން ވިޔަފާރިއެއްގެ ބްރޭންޑެއް އުފައްދައި، އެ ބްރޭންޑް އިސްތިހާރުކޮށްގެން ނޫނީ އޮރިޖިނަލް ޕްރޮޑަކްޓެއް މާކެޓަށް ނުވިއްކޭނެ ކަމަށެވެ. 

ޝުޖާއު ވިދާޅުވީ، "ފޭކު ޕްރޮޑަކްޓްތައް ރާއްޖެއަށް އެތެރެވުމުގެ ސަބަބުން އޭގެ އަސްލު ހަގީގީ ޕްރޮޑަކްޓުން ލިބެންޖެހޭ މަންފާ ރައްޔިތު މީހާއަށް ވެސް ނުލިބި، ވިޔަފާރިއަށް ވެސް ގެއްލުންވާ،" ކަމަށެވެ.

ބިލުގައިވާ ގޮތުން، ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ލިބޭނީ ގާނޫނުގައިވާ ގޮތުގެ މަތީން އެ މާކް ރަޖިސްޓްރީކުރުމުންނެވެ. 

ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ބިލުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާއާއި، 2،000،000 ރުފިޔާއާ ދެމެދުގެ އަދަކަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. މިގޮތުން ބިލުގެ ބޭނުމަކީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ގާއިމުކުރުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް