ads
އޭސީޕީ ނަވީން---ފޮޓޯ:ފުލުހުން
މެމްބަރު ރިޔާޒަށް ހުއްދަދިނުމުގައި އުސޫލުން ބޭރު ނުވަން: އޭސީޕީ ނަވީން
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު، އަބްދުﷲ ރިޔާޒަށް މާލެ އައުމަށް ހުއްދަ ދިނުމުގައި އުސޫލުން ބޭރު ނުވާކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް، އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.

މާލެ ލޮކްޑައުންކޮށް ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި އޮތް ދަނޑިވަޅެއްގައި މެންބަރު ރިޔާޒަށް ތިމަރަފުށީގައި 15 ދުވަސް ހޭދަ ކުރުމަށް ފަހު މާލެ އައުމުގެ ހުއްދަ ދިނުމުގައި އުސޫލުން ބޭރުވެފައި ވާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ނަވީން ވިދާޅުވީ، މާލެ އަށް އައުމުގެ ހުއްދަ  ދޭނީ ކަނޑައެޅިފައި އޮންނަ ޝަރުތުތައް ހަމަވާ ފަރާތްތަކަށް ކަމަށާއި މާލެ އައުމުގެ ހުއްދަ އަށް އެދި ކުރާ މެއިލް ތަކަށް ޖަވާބުދާރީ ވުމަށް ވަކި ޓީމަކަށް ކަނޑައަޅާފައިވާ ކަމެއްކަމަށެވެ.

އެގޮތުން، މެއިލް ތަކަށް ޖަވާބުދޭ ފުލުހުންނަކީ ޖޫނިއާ ފުލުހުން ކަމަށާއި އެ ޓީމުން ހުއްދަ ދިނުމުގައި ޝަރުތުތަކުގެ އިތުރުން ބަލާނީ މީހާގެ ނަމާއި އައިޑީ ކާޑް ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރެއް ކަމަށާއި ހުއްދަ ދެވެނީ ކޮން ހައިސިއްޔަތެއްގެ މީހަކަން ކަން ނޭނގޭނެ ކަމަށް ނަވީން ވިދާޅުވި އެވެ. އަދި ހުއްދަ ދިން އިރު، ހުއްދަ ދެވުނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ކަން ކުރެއްވި ބޭފުޅެއްތޯ ނޭނގޭނެ ކަމަށް ވެސް ނަވީން ފާހަގަކުރެއްވި އެވެ.  

މާލެ ލޮކްޑައުން ކުރުމާއެކު މާލެއަށް މީހުން އަރާ ފޭބުން މަނާ ކޮށްފައިވާއިރު މާލެ އެރުމުގެ ހުއްދަ ލިބޭނީ ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ފަރާތްތަކަށެވެ. އެގޮތުން މިކަން ތަންފީޒުކުރުމަށް ފުލުހުންނާއި ހަވާލުކޮށްފައި ވާއިރު، ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ނަވީން ވަނީ މާލެ އެރުމަށް ހުއްދަ ދިނުމުގައި ބަލާ މިންގަނޑުތައް ހާމަ ކުރައްވާފަ އެވެ.

ނަވީން ވަނީ މިހާތަނަށް ސަފާރީތަކާއި ރިސޯޓުތައް އަދި ރަށްރަށުން 185 ފަރާތަކަށް ހުއްދަ ދީފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް