ads
އިސްކަންދަރު ސްކޫލް: ފޮޓޯ ވިކިމެޕިއާ
މާލޭ ސަރަހައްދު ސްކޫލުތަކުގެ އާ އަހަރަށް ދަރިވަރުން ވައްދަން ފަށައިފި
މާލޭ ސަރަހައްދުގައި ހުރި ސްކޫލުތަކަށް 2025 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް ދަރިވަރުން ވައްދަން އެޑިޔުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
Advertisement

މިނިސްޓްރީން މިހާރު ހުޅުވާލާފައިވަނީ ޕްރީ ސްކޫލާއި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމުގެ ފުރުސަތެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، ޔޫކޭޖީ އަދި ގްރޭޑް އެކަކަށް ވެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސަރކިއުލާގައި ބުނެފައިވާ ގޮތުގައި، ދިރާސީ އަހަރު އެލްކޭޖީއަށް ވައްދަނީ އަންނަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނެވެ. ޔޫކޭޖީއަށް ވައްދަނީ ޑިސެމްބަރު މަހުގެ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިންނެވެ. އަދި ގުރޭޑް 1 އަށް ވައްދަނީ ވެސް ޑިސެމްބަރު މަހުގެ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިންނެވެ.

މިނިސްޓްރީގެ ސަރކިއުލާގައި އިތުރަށް ބަޔާންކޮށްފައިވަނީ، އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރުގެ ތެރޭގައި އެއް ގުރޭޑުން އަނެއް ގުރޭޑަށް ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗްގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލްކޭޖީއަށް ވަނުމުގެ ފުރުސަތަށް ބެލެނިވެރިޔާ އެދިއްޖެނަމަ އެކުއްޖަކަށް ފުރުސަތު ދެވޭނެ ކަމަށް ވެސް ސަރކިއުލާގައި ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް