ސަރުކާރު ހިންގާ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ޝުޖާއު ވިދާޅުވީ އެމްޑީޕީ އާއި ރައީސް ޔާމީން އެންމެ ގިނައިން ދައްކަނީ ޕީއެންސީގައި ތިބީ ވަގުންތަކެއް ކަމަށް ބުނެ ވާހަކަ ކަމަށެވެ.
ޝުޖާއު ވިދާޅުވީ، ޑޮލަރުގެ މައްސަލައިގެ ވާހަކަ މިހާރަކަށް އައިސް ގިނައިން ދައްކަވާ އެއް ބޭފުޅަކީ ވެސް ރައީސް ޔާމީން ކަަމަށެވެ. ޝުޖާއު ވިދާޅުވީ މިހާރުގެ ސަރުކާރާ ހަމައަށް އައިއިރު ރާއްޖޭގައި ޑޮލަރެއް ނެތް ކަމަށާއި ހުރިހާ ޑޮލަރެއް ކައި ހުސްކޮށްފައި އޮތުމުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ލޮކް އަޅުވައި ތަޅުލަން މަޖުބޫރުވި ކަމަށެވެ. އަދި އެ ފަންޑުގައި ހުރި ފައިސާ ބޭނުން ނުކުރެވޭނެ ގޮތް ރައީސް މުއިއްޒަށް ހައްދަވަން ޖެހިވަޑައިގަތީ ރައްޔިތުންގެ ހައްގުގައި ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.