އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ގުޅިގެންކަމަށެވެ.
އިއުލާނުގައި ވާގޮތުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފްލެޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކުރުމަށް ތައްޔާރުކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ ފަރާތްތަކަށް އެކަން އަންގާނީ "ގެދޮރުވެރިންގެ ޕޯޓަލް" މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެއެވެ. ޕޯޓަލް މެދުވެރިކޮށް ނާންގާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން އަދި އެފްޑީސީން ނުގުޅާނެ ކަމަށާއި މެސެޖު ނުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ހުރިހާ ފްލެޓެއް ހަވާލުކުރުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާނެ ކަމަށްވެސް ހައުސިން މިނިސްޓަރު ވިދާޅުވެފައިވެއެވެ.