ads
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު (މ)، ބީއެމްއެލްގެ 40ވަނަ ބްރާންޗް ދުވާފަރުގައި ހުޅުވައިދެއްވަނީ - ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ 40ވަނަ ބްރާންޗް ދުވާފަރުގައި ހުޅުވައިފި
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40ވަނަ ބްރާންޗް ރ. ދުވާފަރުގައި މިއަދު ހުޅުވައިފި އެވެ.
Advertisement

މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު އަދި ޑެޕިއުޓީ ސީއީއޯ އެންޑް ޗީފް އޮޕަރޭޓިންގ އޮފިސަރު ސަހާ ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ދުވާފަރުގައި މިއަދު ހުޅުވުގެން ދިޔައީ ބޭންކުގެ 40 ވަނަ ބްރާންޗެވެ.

ބީއެމްއެލް އިން ބުނީ ދުވާފަރުގައި ހުޅުވި އާ ބްރާންޗުން "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން ދެމުންދާނީ އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެން ކަމަށެވެ.

ދުވާފަރުުގައި މިއަދު ހުޅުވި ބްރާންޗް ހިމެނޭހެން، 40 ބްރާންޗަކާއި 133 ސެލްފް ސާވިސް ސެންޓަރުތަކާއި 188 އޭޓީއެމްގެ އިތުރުން، އޭޖެންޓް ބޭންކިން ހިދުމަތް ވެސް ބީއެމްއެލުން ދެމުން ގެންދެއެވެ.

ފާހަގަކުރެވޭ ގޮތުގައި ބީއެމްއެލްގެ އެންމެ ފުރަތަމަ ބްރާންޗް ހުޅުވީ ވެރިރަށް މާލޭގައި 1982ވަނަ އަހަރުއެވެ. ބީއެމްއެލުން ބުނީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން މީހުން ކޮންމެ ރަށަކުން ވެސް ބޭންކިން ހިދުމަތް ލިބޭނެ ގޮތަށް ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް