ސައީދުގެ ބައްޕާފުޅު ސައީދު އަބްދު ﷲ އަކީ 20 އަހަރަށްވުރެ ގިނަދުވަހު ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުކެވެ. އެގޮތުން ތުރާކުނު ކަތީބުކަން ގިނަ ދުވަހެއް ވަންދެން ވަނީ އަދާކުރައްވާފަ އެވެ.
ސައީދު އަބްދުالله އަވަހާރަވީ، ރޭގެ ވަގުތެއްގައެވެ. އަވަހަރަވީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ސައީދުގެ ބައްޕާފުޅު އަވަހާރަވަމުން ރައީސް ޑރ. މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސައީދުގެ ލޮބުވެތި ބައްޕާފުޅު އަވަހާރަވި ހަބަރު އެއްސެވީ ނުހަނު ފުންހިތާމައާއެކުކަމަށެވެ.