ads
ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯއާއި ހަވާލު ކުރުމުގެ ތެރެއިން
ތިން އަތޮޅެއްގައި ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯއާއި ހަވާލު ކޮށްފި
ތިން އަތޮޅެއްގައި ފެނަކައިން ދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.
Advertisement

ފިނޭންސް އަދި ޕަބްލިކް އެންޓަޕްރައިސަސްއާ މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ އާއްމުންނަށް ފޯރުކޮށްދޭ ހިދުމަތް ރަނގަޅުކުރަން ސްޓެލްކޯގެ ދަށަށް ބަދަލުކުރީ ބ އަތޮޅާއި ޅ. އަތޮޅު އަދި މ. އަތޮޅުގައި ފެނަކައިން ދެމުންދިޔަ ހިދުމަތްތައް ކަމަށެވެ.

އެ ތިން އަތޮޅުގައި މީހުން ދިރިއުޅޭ 25 ރަށުގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ބަދަލު ކުރުމުގެ އެގްރިމެންޓުގައި ސްޓެލްކޯގެ އެކްޓިން މެނޭޖިން ޑިރެކްޓަރު، ޑރ. އަލީ އަޒުވަރު އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ތައުފީގު މިއަދު ވަނީ ސޮއި ކުރައްވައިފަ އެވެ.

މިނިސްޓްރީން ބުނީ އެ ނިންމުމަކީ ދައުލަތުގެ ހިދުމަތްތައް ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަ ބޮޑެތި އިސްލާހީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އޭގެ ބޭނުމަކީ މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުން މިހާރަށް ވުރެ ބޮޑަށް ކަށަވަރު ކުރުމާއި މަސައްކަތުގެ ހިންގުން ހަރުދަނާކޮށް އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ވެސް ބުންޏެވެ.

ސްޓެލްކޯއިން މި ވަގުތު ވެސް އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅާއި އއ އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅުގައި މިހާރު ވެސް ޔުޓިލިޓީ ހިދުމަތް ދެމުންނެވެ. އަދި އަލަށް އިތުރުކުރި ރަށްތަކާއެކު، އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގެ އަދަދު 61 އަށް އަރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;