އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެނަދަވާ ދަތުރުފުޅުގައި މިއަދު ހެނބަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހެނބަދޫ ފަޅުން ހިއްކެއް އޮތީ ހަތްވަރަކަށް ހެކްޓަރުކަމަށެވެ. އެހެންނަމަވެސް އެއީ ރަށުގެ ތަރައްގީއާއި ބޯހިޔާވަހިކަމަށް މުހިއްމު ސަރަހައްދެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ރަށްރަށުގެ ބިންހިއްކުމުގެ ހަ ބެޗުގެ މަސައްކަތް މިހާތަނަށް ހަވާލުކުރެވިފައިވާކަމަށާއި، ހަތްވަނަ ބެޗުގެ މަސައްކަތް މި އަހަރު ސެޕްޓެމްބަރު ފެށޭނެކަމަށްް ރައީސް މުއިއްޒު ވިދާޅުވިއެވެ.