ads
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން--
ލޮކްޑައުންގައި ކުޅުދުފުއްޓަށް ކެނޯއެއްގަ ދިޔަ ބަޔަކު ހައްޔަރުކޮށްފި
ކުޅުދުއްފުށި ސިޓީގައި ކާފިއު އިއުލާންކޮށް މީހުން އަރައި ފޭބުން މަނާކޮށްފައިވަނިކޮން ހދ.ކުރިނބީން ކުޅުދުއްފުއްޓަށް ދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ކުރިނބިން އެ އަތޮޅު ކުޅުދުއްފުއްޓަށް އެރި ދެމީހަކު ރޭ 23:30 ހާއިރު އެރަށު އެއާޕޯޓު ސަރަހައްދުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކެނޯގައި ކުޅުދުއްފުއްޓަށް އަރާފައިވަނީ  28 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ، އަދި އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިންވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާ ހިލާފަށް ދަތުރު ކުރުން މަނާ ކޮށްފައި އޮއްވާ ނޮޅިވަރަމްގެ ހުޅަނގު ފަރާތުން ކެނޯއެއްގައި ދެ މީހަކު ކުޅުދުއްފުށި ސިޓީގެ އެއާޕޯޓްގެ ރަންވޭ ހުޅަނގު ފަރާތުން ކެނޯ ބަންޑުން ޖަހާފައިވާ ކަމަށް ބުނެ އެ ރަށަށް އެރި އެވެ. އަދި ފުލުހުން ވަނީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް