މި ހޮސްޕިޓަލުގެ ބިންގާާ އަޅަަފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު މަނަދޫގައި ބޭއްވި ރަސްމިއްޔާތެެއްގައެވެ.
މި ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅާދިނީ ހެލެތް މިނިސްޓަރު އްބްދުﷲ ނާޒިމް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔަޑް އަހުމަދު ސައުދީއެވެ. 50 އެނދުގެ މި ހޮސްޕިޓަލް މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 780 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އަގަކީ 187 މިލިޔަން ރުފިޔާއެވެ.