
މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި ފުރަތަމަ ދުވަހު ފުޅަނދު ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި މާލޭ މަގުތަކުގައެވެ. އަދި ދެވަނަ ދުވަހުގެ ފުޅަނދު ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 28 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި ސެންޓަރަލް ޕާކުގައެވެ.
މިނިވަންދުވަހާ ގުޅިގެން ބޭއްވޭ އެހެނިހެން ހަރަކާތްތަކުގެ ތެރޭގައި ދިދަ ނެގުން ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ހިމެނެއެވެ. އަދި ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެމްއެންޑީއެފްގެ އަސްކަރީ ޕެރޭޑް ޖުލައި 26 އަދި 27 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ކުރިއަށްދާނެއެވެ. ރަސްމީ ޖަލްސާ ޖުލައި 27 ވަނަ ދުވަހުގެ ހެނދުނު 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ފުޅަނދު ބުރުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
މިނިވަންދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމަށް އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި މިއަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް އެއާޕޯޓްގެ އާ ޓާމިނަލްވެސް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް މައުލޫމާތު ލިބެއެވެ.