ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައެވެ. އެ މަސައްކަތް ފެށީ މާރިޗު މަހުގެ 24 ވަނަ ދުވަހު އެވެ.
އެމްޓީސީސީން ބޭތރު މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން އެމަގު ފުޅާކުރަން ޝީޓް ޕައިލްކުރަންޖެހޭ ހުރިހާ ހިސާބެއްގެ މަސައްކަތް މިހާރު ނިންމާފައިވާކަމަށެވެ. އަދި މަގު މިހާރު ކުރިޔަށްދަނީ މަގުގައި ތާރުއެޅުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށާއި މާދަމާ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒް މިހާރު އެ ސަރަހައްދަށް ގެންގޮސްފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ބޭރުމަގުގައި މިހާރު ހަދަމުންދާ ބައިގައި ތާރު އަޅަން ތައްޔާރުވެފައި
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދުގެ މަސައްކަތް އެއްކޮށް ނިންމާ އަންނަ މަހުގެ 26 އަށް ހުޅުވުމަށް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;