ads
ސްޓޫޑަންޓް ލޯނަށް 1338 ކުދިން، ޝަރުތު ހަމަވީ 806 ކުދިން
ސްޓޫޑަންޓް ލޯނަށް ހުުވާލި ފުރުސަތުގައި 1300 ވުރެ ގިނަ ކުދިން ކުރިމަތިލާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
Advertisement

އެ މީނިސްޓްރީން ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ސްޓޫޑަންޓް ލޯނަށް މިއަހަރު ހުޅުވާލީ 500 ފުރުސަތުކަމަށެވެ. އެހެންނަމަވެސް ލޯނަށް ހުށައެޅުމުގެ ވަގުތު ހަމަވިއިރު 1338 ކުދިން ހުށައަޅާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މީގެތެރެއިން ޝަރުތު ހަމަވީ 806 ކުދިންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ޝަރުތު ހުރިހާ ކުދިންނަށްވެސް ފުރުސަތު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ޕައިލެޓްކަން ކިޔެވުމަށް ހުޅުވާލި 10 ޖަގާއައެވެ. އެ ޖާގަތައް ލިބޭނީ ޝަރުތު ހަމަވި 10 ކުދިންނަށް އެކަނިކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

ލޯނަށް ހޮވުނު ކުދިންގެ މައުލޫމާތުތައް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ. އަދި ނަތީޖާއާ މެދު އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަމަހުގެ 3 ވަނަދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް