
އެޕާޓްމަންޓުތައް ލިބޭ މީހުންނާއެކު ހަދާފައިވަނީ އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ އެގްރިމެންޓަކަށް ވާތީ، ފްލެޓުތަކަށް ދައްކަންޖެހޭ މަހު ކުއްޔާއި މެއިންޓަނެންސް ފީ، އެ މަހެއްގެ 10 ގެ ކުރިން ދައްކައިފިނަމަ ސަބްސިޑީގެ މަންފާ ފުރިހަމައަށް ލިބޭނެއެވެ. ނަމަވެސް މަހުގެ 10 ގެ ފަހުން ކުލި ދައްކާނަމަ ސަބްސިޑީގެ މަންފާ ތަފާތު ނިސްބަތަކުން ލިބޭނެއެވެ. މިގޮތުން މަހުގެ 16 ގެ ކުރިން ދައްކާނަމަ 75 ޕަސަންޓު، 21 ގެ ކުރިން ދައްކާނަމަ 50 ޕަސަންޓު، 26 ގެ ކުރިން ދައްކާނަމަ 25 ޕަސަންޓުގެ މަންފާ ލިބޭނެއެވެ. އަދި 26 ގެ ފަހުން ދައްކާނަމަ ސަބްސިޑީގެ އެއްވެސް މަންފާއެއް ނުލިބޭނެއެވެ.
ފްލެޓުތައް ލިބޭ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރާނީ ޑައުންޕޭމަންޓު ދެއްކުމުންނެވެ. ފްލެޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000 ރުފިޔާއަށެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާއެވެ. ތިން ކޮޓަރީގެ ތަންތަން ދޫކުރަނީ 9،500 ރުފިޔާއަށެވެ. މެއިންޓަނަންސް ފީގެ ގޮތުގައި 1،500 ރުފިޔާއެވެ. ސަރުކާރުން މި ފްލެޓުތައް ހަވާލުކުރަނީ ފިނިޝިންގެ މަސައްކަތްތައް އެއްކޮށް ނިންމައިފައެވެ