ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެ އަހަރު މަޖިލީހުން ހުރިހާ ހަރަދެއްވެސް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށެވެ.
2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގައެވެ. އެއީ މަޖިލިސް 19އެވެ. އެ އަހަރު މަޖިލީހުގެ ރައީސްގެ މަގާމް ފުރުއްވީ، ރައީސް މުހައްމަދު ނަޝީދުއެވެ. އެކަމަކު އޮޑިޓް ރިޕޯޓްތަކުގައި ހިމަނާފައިވާ މަޖިލީހުގެ މާލީ ބަޔާންތައް ތައްޔާރުކުރައްވައި ސޮއި ކުރައްވާފައިވަނީ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހްމަދު ފާއިޒް މުހައްމަދު އަދި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ރަޝީދުއެވެ.