
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 470 ދުވަހުން ނިންމާގޮތަށް، 33.7 މިލިޔަން ރުފިޔާއަށެވެ.
ހޮޅުދޫގެ ރައްޔިތުންނާ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި މި ރަސްމިއްޔާތުގައި، އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އާ އިމާރާތުގައި ކްލާސްރޫމްތަކުގެ އިތުރުން، އޮފީސް، އިދާރީ މަސައްކަތަށް ބޭނުންވާ ޖާގައާއި ލައިބްރަރީ، ކޮމްޕިއުޓަރ ލެބް، އޭ-ވީ ރޫމް، ލެބޯޓްރީ އަދި ނަމާދު ކޮޓަރިވެސް ހިމެނޭނެ އެވެ. މީގެއިތުރުން ކުޅިވަރުކުރުމަށް ފުޓްބޯލް ޕިޗެއްވެސް ހިމެނޭނެކަމަށް އެޑިއުކޭޝަނުން މައުލޫމާތުދެ އެވެ.
އާ އިމާރާތާއެކު ހުރިހާ ގްރޭޑްތަކުގެ ކިޔެވުން އެއް އިމާރާތަކަށް ބަދަލުކޮށް، މިހާރު ކުރިމަރިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވާނެކަމަށް އެ ސްކޫލުން ހާމަކުރެއެވެ.