ads
އިރުކޭތަ
އާދަޔާ ހިލާފަށް ބޮޑު އިރުކޭތައެއް ހިފަނީ
އާދަޔާ ހިލާފަށް ބޮޑު އިރު ކޭތައެއް އޯގަސްޓް 2 ވަނަ ދުވަހު ހިފާނެކަމަށް ފަލަކީ އިލްމާބެހޭ ސައިންސުވެރިން ބުނެފިއެވެ.
Advertisement

މި އިރުކޭތަ ރާއްޖެއިން ފެންނާނެކަމަށް ބެލެވެއެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މި އިރުކޭތަ ފެންނާނެ ކަމަށާއި، ބައެއް ސަރަހައްދުތަކުގައި އިރުގެ 60 ޕަސަންޓަށް ވުރެ ބޮޑު ބައެއް ގިރުހަނުގައި ނިވާވާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މާލެއަށް މި އިރުކޭތަ ފެންނަން ފަށާނީ މެންދުރުފަހު 15:29 ގައެވެ. 16:32 ގައި އިރުކޭތަ ވަރަށް ބޮޑަށް ފުރިހަމަވާނެއެވެ. ނަމަވެސް ރާއްޖެއަށް ފުރިހަމަ އިރުކޭތައެއް ނުފެނިދާނެއެވެ. ދެ ގަޑިއިރަށް ދެމިގެންދާނެ އިރުކޭތަ ނިމޭނީ 17:29 ގައެވެ. ޔޫރަޕާއި، އުތުރު އެފްރިކާ އަދި މެދު އިރުމަތީގެ ސަރަހައްދުތަކުން ފުރިހަމަ އިރުކޭތައެއް ފެންނާނެއެވެ. ރާއްޖެއިން ފެންނާނީ އިރުކޭތައިގެ ބައެކެވެ. 

ރާއްޖެއިން ދެން ފުރިހަމަ އިރު ކޭތައެއް ފެންނާނީ 2053 ވަނަ އަހަރުގެ ސެޕްޓެމްބަރު 12 ވަނަ ދުވަހުއެވެ. 

މިއީ ފާއިތުވީ 100 އަހަރުގެ ތެރޭގައި ހިފާ އެންމެ ބޮޑު އިރުކޭތައެވެ. އަދި މި އިރުކޭތައިގެ ދިގުމިން ބައެއް ސަރަހަައްދުތަކަށް 6 މިނެޓަށް ވެސް ދެމިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް