ads
ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް
ވެލިދޫ ދާއިރާގެ ތަރައްގީއަށް މެންބަރު އައްބާސްގެ އެއްބާރުލުމެއް ނުލިބޭ: ރައީސް
ނ. ފޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސްގެ ފަރާތުން ދާއިރާގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ނުލިބޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ފޮއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ މެންބަރުގެ އެއްބާރުލުން ނުލިބޭއިރު ކަންކަމަށް މެންބަރު އައްބާސް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ހިޔާލު ތަފާތުވުން ހުރި ނަމަވެސް، އެކަން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ކުރިމައްޗަށް ގެނެސްގެން ނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ހަގީގަތް ހާމަކުރުމުގެ ގޮތުން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރުގެ އެހީތެރިކަމެއް ނުލިބޭކަން. [އެހީތެރިކަން] ނުލިބޭ ތަނުގައި ކަންކަމަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންދާކަން އަޅުގަނޑު ހިތާމަޔާ އެކު ފާހަގަ ކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުން، އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ފަރާތުން ވެސް އެމްޑީއޭގެ މެންބަރު އައްބާސްއަށް ވުރެ ބޮޑު އެއްބާރުލުމެއް ސަރުކާރަށް ލިބެ އެވެ.

ރައީސްގެ ނ. އަތޮޅު ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށާއި ރައްޔިތުންގެ ތަރައްގީ އަށް ސަރުކާރަށް އެއްބާރުލުން ދެމުން އަންނަ ކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އައްބާސް އަންނަނީ މަޖިލީހުގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ދެކޮޅު ހައްދަވާ ވާހަކަފުޅު ދައްކަވަމުން ނެވެ. 

އެގޮތުން ނިމުނު މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ނ. އަތޮޅަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދުމުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިހްމާލުވެފައިވާ ކަމަށް ވެސް އައްބާސް އަންނަނީ ވިދާޅުވަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް