މި މަސައްކަތް އެރަށުގައި ފަށާފައި މިވަނީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ވެލިދޫ ބިން ހިއްކުމުގެ މަސައްކަތް އަމަލީގޮތުން ފައްޓަވާދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދު ﷲ މުއްތަލިބުއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި ވެލިދޫ ކައުންސިލް މެމްބަރުން ބައިވެރިވިއެވެ.
ވެލިދޫ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ތެރެއިން
ވެލިދޫ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. މި މަސައްކަތުގެ ދަށުން އެރަށު ފަޅުން 2.7 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ. ހިއްކާ މި ބިން ބޭނުންކުރާނީ އޮޑިދޯނި ބާލާ އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރުމަށެވެ.