މީގެ ކުރިން ނ. އަތޮޅަށް ކުރެއްވި ދަތުރެއްގައި ވެލިދޫއަށް ވަޑައިނުގަނެ، ހޮޅުދޫން ރައީސްއާ ބައްދަލުކުރައްވަން ދައުވަތު ފޮނުވުމުން ވެލިދޫ ކައުންސިލުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.
ރައީސް މިރޭ ވެލިދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހަމައެކަނި ވެލިދޫ ކައުންސިލްއާ ބައްދަލު ނުކުރެވި އޮތީ އެ ސަބަބާ ހުރެ ކަމަށެވެ.
ކައުންސިލްތަކާއި ބައްދަލު ކުރައްވައި، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއައްސަވައި، އެ ކަންކަން ފަސޭހައިން ފަހިވާނެ ގޮތަށް ކަންކަން ބައްޓަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އަންނަނީ ދެއްވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދައުރުގެ ތެރޭގައި ދެ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.