ads
ރައީސް މިއަދު ވިދާޅުވީ، ޅޮހީގެ ތަރައްގީގެ މަޝްރޫއުތައް މާ ލަހެއް ނުވެ ފެށޭނެ ކަމަށް
ޅޮހީގެ ތަރައްގީގެ މަޝްރޫއުތައް މާ ލަހެއް ނުވެ ފެށޭނެ: ރައީސް
ނ. ޅޮހީގެ ތަރައްގީއަށްޓަކައި ރައްޔިތުން އެދިވަޑައިގެންނެވި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް، މާ ލަހެއް ނުވެ ފަށައި އެކަންކަން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން، އެރަށުގެ ރައްޔިތުންނަށް ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
Advertisement

މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ، އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހިމެނޭ ނ. ޅޮއްސަށްް މިއަދު ހެނދުނު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވަނީ، އެރަށުގެ ރައްޔިތުން މިއަދު އެދިވަޑައިގެންނެވި ކަންކަމުގައި އަމަލީ ސިފަޖައްސަވައި ދެއްވައި، އެ ހުރިހާކަމެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ މިހާރު ހިނގަމުންދާ ރަށުގެ ބަނދަރުގެ މަޝްރޫއެވެ. އެގޮތުން، އެންމެ އެދެވޭގޮތުގައި ހުރިހާ މޫސުމެއްގައި ފުރިހަމައަށް ބަނދަރު ބޭނުންކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ، ކަމުގެ ފަންނީލަފައާއެކު، ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް، ދިގުމުއްދަތަކަށް ބަނދަރުގެ ބޭނުންހިފޭނެގޮތަށް އެ މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި ވަރަށް އަވަހަށް ސޮއިކުރެވި، އަމަލީ މަސައްކަތްތައް ފެށޭނެކަމުގެ ޔަގީންކަން ދެއްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ، ނ. ޅޮހީ ސިއްހީ މަރުކަޒަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ދެވޭގޮތަށް އިމާރާތް އެޅުމަށް ބަޔަކާ ޙަވާލުކޮށް މިއަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތް ފެށޭނެކަމަށް ވިދާޅުވި އެވެ. ހަމަމިއާއެކު، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް ފުރިހަމަވެފައިވާ އިމާރާތެއް އެޅުމުގެ މަޝްރޫއެއް އަންނަ އަހަރު ފެށޭނެކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ދެއްވި އެވެ.

ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، މިއަދު އެ ރަށުގައި އިފްތިތާހުކުރެއްވި ފިޓްނަސް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްތަކަށް އިޝާރާތްކުރައްވާފަ އެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ފުޓްބޯޅަ ދަނޑުގައި ބޮކިޖަހައި، ރޭގަނޑު ކުޅެވޭނެގޮތަށް، ވޮލީކޯޓެއްވެސް އަޅުއްވައިދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.

"ޅޮހީގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ރާޅާއަޅާ ސަރަޙައްދެއް ހެދުމުގެ އިތުރުން ރަށުގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރައްވާނެ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް މާ ލަހެއް ނުވެ ފެށޭނެ" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ޅޮހީގެ ތަރައްޤީއަށް ބޭނުންވާ ކޮންމެކަމެއްގައި ސަރުކާރުން އެއްބާރުލުންދީ ތަރައްގީގެ ކަންކަން ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ.

ނ. ޅޮހީގެ ތަރައްގީއަށްޓަކައި ރައްޔިތުން އެދިވަޑައިގެންނެވި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް، މާ ލަހެއް ނުވެ ފަށައި އެކަންކަން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން، އެރަށުގެ ރައްޔިތުންނަށް ރައީސް މުއިއްޒު ދެއްވައިފި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް